ތަޢާރަފު
ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، މީޑިއާގެ ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން މީޑިއާއާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި އަދި ނޫސްވެރިން ޢަމަލުކުރަންވީ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި އަދި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާބެހޭ ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކޮށް، އެ މިންގަނޑުތައް ހިންގުމުގެ އިތުރުން، ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.

މެންބަރުންނާއި އިސްވެރިން
ކޮމިޝަނުގެ އިދާރީ ހިންގުމާއި ސިޔާސަތުތައް ކަނޑައަޅާ ކޮމިޝަނުގެ މެންބަރުންއިދާރީ އިސްވެރިން
ކޮމިޝަނުގެ މަޤްޞަދުތައް
މީޑިއާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނިވަންކަން ކުރިއެރުވުން.
މީޑިއާގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުން.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން.
ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުން.
ނޫސްވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުން.
މީޑިއާތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން.
ކޮމިޝަނުން ނަގަހައްޓަންޖެހޭ އަސާސީ އުސޫލުތައް
- ނޫސްވެރިކަމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ މިނިވަންކަމެއް ކަމުގައިވީ ހިނދު، އެ މިނިވަންކަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަރުވައި، ތަރައްޤީކޮށް، ދެމެހެއްޓުން.
- ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމާ އެއްވަރުގެ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ޤަބޫލުކުރުމާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާއަކީ ރައްޔިތުންނަށާއި މުޖުތަމަޢަށް އޮތް ޒިންމާއެއްކަން ޤަބޫލުކުރުން.
- ޒިންމާދާރު ގޮތެއްގައި ޙަރަކާތްތެރިވާ މީޑިއާ ދިވެހިރާއްޖޭގައި ޤާއިމުކުރުން.
- ވަކި ސިޔާސީ ފިކުރެއްގެ މައްޗަށް ބުރަވުމެއް ނެތި، އަދِ އެއްވެސް މާލީ ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތެއް ޙިމާޔަތްކުރުމާއި އިސްކުރުމެއް ނެތި، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ހިންގައި ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ޤާއިމުކުރުން.
- ނޫސްވެރިކަމުގެ މިނިވަންކަން ވީހާވެސް ފުޅާ ދާއިރާއެއްގައި ކުރިއަރުވައި، ތަރައްޤީކޮށް، ދެމެހެއްޓުމަށްޓަކައި މީޑިއާއާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނަށް އެކަށީގެންވާ ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން.

ކޮމިޝަނުން ނަގަހައްޓަންޖެހޭ އަސާސީ އުސޫލުތައް
- ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ޤާނޫނުއަސާސީންނާއި ޤާނޫނުން ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމަށާއި، އެ ކަންކަމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
- ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ފެންނަ ގޮތަށް ސަރުކާރުންނާއި، މީޑިއާއާއި އެހެނިހެން ފަރާތްތަކުން ކުރާ ކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ޙައްލުކުރުން.
- ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އެޅޭ އެކިއެކި ސިޔާސީ، ނުވަތަ ޤާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިޤްތِޞާދީ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެ ކަންކަން އިޞްލާޙުކުރުން.
- ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިން ނޫސްވެރިކަމުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައަޅައި ދެމެހެއްޓުން.
- ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން.
- އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚްލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ނޫސްވެރިންނަށް ބޭނުންވާ ފަންނީ ހުނަރުވެރިކަން ހޯދުމަށް ޤައުމުން ބޭރުގެ ފަރާތްތަކާއި އެތެރޭގެ ފަރާތްތަކާ ގުޅިގެން އެ ފުރުޞަތު ހޯދައިދިނުން.
- ނޫސް މަޖައްލާ ރަޖިސްޓަރީކޮށްދިނުމާއި، ނޫސްވެރިންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމާއި، ނޫސްވެރިންނަށް ފާސްދޫކުރުން.
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޤާނޫނުގެ ދަށުން ކޮމِޝަނުން އަދާކުރަންޖެހޭ ކަންކަން ކުރުން.
- ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ބްރޯޑްކާސްޓްކުރުމަށް ދޫކުރެވޭ ފްރީކުއެންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުޠުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމްކުރާކަން ޔަޤީންކުރުން.
- ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުން.
- އެހެން ޤާނޫނަކުން ކޮމިޝަނުގެ މަސްއޫލިއްޔަތު ކަމަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރުން.
